މިލައުތުރު

އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ މީހުންނަށްވެސް 1000 ޑޮލަރު ލިބޭގޮތް ހަދައިފި

އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ މީހުންނަށްވެސް 1000 ޑޮލަރު ލިބޭގޮތް ސަރުކާރުން ހަދައިފިއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށްވެސް 1000 ޑޮލަރު ހަމަޖައްސައިދޭން އަންގަވައިފައެވެ.

މިހާރު ބޭންކުތަކުން 2000 ޑޮލަރު މީހުންނަށް ދޫކުރަނީ އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރާ މީހުންނަށް އެކަންޏެވެ.

މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ އެހެން ފަރާތްތަކަށް ވެސް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިދެއްވަން ދަންނަވާފައިވާނެ ކަމަށެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށާއި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް އެ ތާރީހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

One Reply to “އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ މީހުންނަށްވެސް 1000 ޑޮލަރު ލިބޭގޮތް ހަދައިފި”

  1. Ali Habeeb.

    Aasandhain dhaameehunge beysfaruvaa ah faisaa dhakkanee sarukaarun kamahvefa amilla kharadhuga dhaameehaa ge hurihaa kharadheh kuranee amillayah veeiru thikamakaa insaafu veri kamehkamah nudheken.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި