ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ފަހު، ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި އެމަނިކުފާނަކީ ރާއްޖެ-އިންޑިއާ ގުޅުމަށް ވަކާލާތު ކުރައްވާ ވަރަށް ޙިކުމަތްތެރި ބޭފުޅެއް ކަަމަށެވެ. އަދި އެންމެ ގާތްކަމެއް އަވައްޓެރި ޤައުމުތަކަށް ދިނުމުގެ މުހިންމުކަމަށް ގޮވާލާ މީހުން ހޭލުންތެރި ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަކީ ހަމަ އެކަނި ޑިޕްލޮމެޓިކް ގުޅުމެއް ނޫން ކަމަށާއި، އެއަށް ވުރެ ރަޙްމަތްތެރި ގާތް ގުޅުމެއް ކަމަށެވެ.