މިލައުތުރު

ހަމާސްގެ މުޖާހިދުންގެ ވަރުގަދަ ހަމަލާއެއްގައި އިޒްރޭލް ސިފައިންތަކެއް މަރާލައިފި.

ޣައްޒާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޚާން ޔޫނިސްގައި ތިބި އިޒްރޭލް ސިފައިންގެ ފައުޖުތަކަށް ހަމާސުން ދިން ކުއްލި ހަމަލާއެއްގައި ހަތިޔާރުއެޅި ތިން އުޅަނދާއެކު އޭގައި ތިބި ހުރިހާ ސިފައިން މަރާލައިފިއެވެ.

މިއީ މި ފަހަކުން ހަމާސްގެ ފަރާތުން އިޒްރޭލް ސިފައިންނަށް ދިން އެންމެ ބޮޑު ގެއްލުން ކަމުގައި ރިޕޯޓްތައް ބުނެއެވެ. މި ހަމަލާގައި މަރުވީ އިޒްރޭލްގެ ކިތައް ސިފައިން ކަމެއް އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ހަމާސްގެ ހަމަލާގައި ގޮއްވާލާފައި ވަނީ އިޒްރޭލްގެ ސިފައިން އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރި ތިން އުޅަނދުކަމަށް ވެއެވެ. އަދި އެ އުޅަނދުތައް ގޮއްވާލީ މީހުން އަރުވައިގެން ދަތުރު ކުރަމުން ދަނިކޮށް ކަމަށް ވެއެވެ.

އިޒްރޭލަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވަމުން ދާތީ އާއި، ނަފުސާނީ ގޮތުން އައިޑީއެފްގެ ހަނގުރާމަވެރިން ބަލިކަށިވަމުން ދާތީ، މަޖުބޫރުކޮށްގެން އިތުރު ސިފައިން ރެކްރޫޓުކުރުމަށް ދަނީ މަަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ރިޒާވް ފޯސްގައި ނަން ނޯޓުކޮށްފައި ތިބޭ މީހުންވެސް ހަނގުރާމައާއި ގުޅުމަށް ދެކޮޅު ހަދާތީ، މީހުންގެ ދަތިކަން ބޮޑުކަމަށް އިޒްރޭލް ސިފައިންގެ އިސް އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.