އިބްރާހިމް ޝުޖާއު (ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެންބަރު) ގެ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ޑީލްތަކަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ރިޕޯޓް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ ”އޮފިޝަލް އިވެންޓްސް“ ގެ އިތުރުން ހަތަރު ކުންފުންޏަކުން ވަނީ މުއާމަލާތްތައް ހިންގާފައެވެ. އެއީ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ. ޝުޖާއުގެ އިތުރުން އޭނާގެ އާއިލާއާ ގުޅުން އޮންނަ ބައެއް ކަމަށްވާ މުހައްމަދު ނާފިޒާއި އަހުމަދު އަދުހަމްއާ ބެހޭ ގޮތުން ވެސް ރިޕޯޓުގައި ހިމަނާފައި ވެއެވެ.
ނާފިޒު އަކީ މިހާރުވެސް ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އަދުހަމް އަކީ އޮފިޝަލް އިވެންޓުގެ އެއް ހިއްސާދާރަށް ވުމުގެ އިތުރުން ޕީއެސްއެމްގެ ބޯޑުގެ މެމްބަރެކެވެ. ލިޔުންތަކުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއުގެ ކުންފުނިތަކަށް 42.5 މިލިއަން ރުފިޔާގެ ޑީލްތައް ދީފައި ވެއެވެ.
ފައިސާ ނެތިގެން ކަމެއް ނުވެގެން އުޅޭ އިރު، އިވެންޓުތައް ބޭއްވުމަށް މަސައްކަތާ ނުގުޅޭ ބޮޑެތި އަގުތަކުގައި ޝުޖާއުގެ ކުންފުންޏަށް އެތައް މިލިޔަން ރުފިޔާއެއް ދިނުމަކީ ރައްޔިތުން ހެޕީ ވާން ނުޖެހޭ ކަމެއްތޯ މީހުން ގެންދަނީ ސުވާލު ކުރަމުންނެވެ. ޝުޖާއު ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަމާ އެކު ވިޔަފާރިކޮށް ނަފާ ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި ތަހުގީގު ކުރިޔަސް ފެންނާނެ އެެއްޗެއް ނޯންނާނެ ކަމަށެވެ.