ޝާން މުޙައްމަދު

ކައުންސިލްތަކުގެ މާލީ ބާރު ހަނިކުރުމަށް ސަރުކާރުން ހުށައެޅި ބިލު ފާސްކޮށްފި

ރައްރަށުގެ ކައުންސިލްތަކަށް ދީފައިވާ މާލީ ގިނަ ބާރުތަކެއް ނަގަން ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިރޭ ފާސްކޮށްފި

ދިވެހި ސަރުކާރުގެ ފަރާތުން މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން އެވެ. މިގޮތުން އެ ބިލު ދިރާސާކުރަން މިރޭ ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ޕީއެންސީގެ މެމްބަރުންގެ އިއްތިފާގުން މި ބިލު ވަނީ ފާސްކޮށްފަ އެވެ.

މިރޭ ފާސްކުރި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި އިންނަވާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް އޮތް އިސްކާހު ހިމެނެއެވެ.

މި އިސްލާހުގައި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައްވެސް ހިމެނެއެވެ.