ތުރުކީ ވިލާތުން ހަދިޔާކުރި އަސްކަރީ މަނަވަރު ލިބުމާއެކު މިލިޓަރީ ޓެކްނޮލޮޖީގައި ރާއްޖެ އެތައް ހަރުފަތެއް ކުރިއަށް ޖެހިލާނެއެވެ. މިއީ މިސަރުކާރުން ހޯދި އެންމެ ބޮޑު އެއް ކުރިއެރުން ކަމުގައި ލިޔެވިގެންދާނެ އެވެ.
މި ފަންތީގެ އަސްކަރީ މަނަވަރެއް މިސަރަހައްދުގައި ވެސް މަދުވާނެއެވެ. މިއީ ޔޫރަޕުގެ އެންމެ އުފެއްދުންތެރި އެއް ޤައުމުގެ މަތީ ފެންވަރުގެ އުފެއްދުމެކެވެ. ހަނގުރާމަތަކުގައި ކަނޑުގެ ދިފާއު ވަރުގަދަ ކުރުމަށާއި، ޙަމަލާތައް ރޭވުމަށް ބޭނުންކުރެވޭނެ އެވެ.
ރާއްޖޭގެ ކޯސްޓް ގާޑް ފްލީޓަށް ލިބުނު ދުނިޔޭގެ ފެންވަރުގެ ބޮޑު ކުރިއެރުމެކެވެ.