އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ޣައްޒާ ހިފުމުގެ ހުއްދަ ކެބިނެޓުން ދިނުމުން އޭނާ މީޑިޔާއަށް ބުނީ އެއީ ވަރަށް ފަސޭހަކަމެއް ކަމަށާއި، އޭނާގެ ހަމައެކަނި މަޤުސަދަކީ ހަމާސް ނައްތާލުން ކަމަށެވެ. ނަމަވެސް އިޒްރޭލުގެ ސިފައިންގެ އެންމެ އިސްވެރިޔާ ބުނީ އެއީ އުނދަގޫ ކަމެއް ކަމަށާއި، އަދާކުރަންޖެހޭ އަގު ބޮޑު ވާނެ ކަމަށެވެ.
ސިފައިންގެ އިސްވެރިޔާ އިތުރަށް ހާމަކުރިގޮތުގައި ޣައްޒާ ހިފުމުގެ އޮޕަރޭޝަނަށް އިތުރު ދެ ލައްކަ ސިފައިން ބޭނުންވާނެ ކަމަށާއި، އެވަރަށް ރިޒާވް ސިފައިން ވެސް ނެތް ކަމަށާއި، އަސްކަރިއްްޔާ އާއި ގުޅެން މީހުން ދެކޮޅުހަދާ ކަމަށެވެ. އަދި މިހާރު ހަނގުރާމައިގެ މައިދާނުގައި ތިބި މީހުން ވެސް ވަރުބަލިވެފައިވާ ކަމަށާއި، އެމީހުންނަށް ވެސް ރެސްޓް ދޭންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ސިފައިން މަދުވުމުގެ ސަބަބުން ރެސްޓް ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން 22 މަސްދުވަހުގެ ތެރޭގައި 22 މީހުން އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާ ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާ ހިފުމަށް ނަތަންޔާހޫ ކުރި އަމުރަށް ސިފައިންގެ އިސްވެރިޔާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އިސްތިއުފާދޭން ނިންމާފައިވާ ކަމަށެވެ.