މިލައުތުރު

ބަރަކާ ޗެރިޓީން އިމާރާތްކުރާ މެޑިކަލް ލެބުގެ މަސައްކަތް ގެދޮރު ޓްރޭޑިންގ ކޮމްޕެނީއާ ޙަވާލުކޮށްފި.

ބަރަކާ ޗެރިޓީގެ ހިލޭ އެހީގެ ދަށުން ކ. ގުޅީ ސިއްހީމަރުކަޒުގައި ތަރައްޤީކުރާ މެޑިކަލް ލެބޯޓަރީ އިމާރާތްކުރުމުގެ މަސައްކަތް ގެދޮރު ޓްރޭޑިންގ އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފި އެވެ.

މި މެޑިކަލް ލެބޯޓަރީ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާސިފް އެވެ. ގުޅީ ސިއްހީމަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ކޮމިއުނިޓީ ހެލްތު އޮފިސަރ ޢަބްދުﷲ އިނާޔަތު އެވެ. އަދި ފަންޑުކުރާ ފަރާތްކަމަށްވާ ބަރަކާ ޗެރިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަޙްމަދު ޒަކީ އެވެ.

މި މަސައްކަތް ގެދޮރު ޓްރޭޑިންގ ކުންފުންްޏާ ޙަވާލުކުރީ މިއަދުން ފެށިގެން 35 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.