ޝާން މުޙައްމަދު

އަންނަ މަހުން ފެށިގެން ފަލަސްތީންގެ ދައުލަތް ބަަލައިގަންނާނަން: އޮސްޓްރޭލިއާ

އަންނަ މަހުން ފެށިގެން ފަލަސްތީންގެ ދައުލަތް ބަަލައިގަންނާނެ ކަމަށް އޮސްޓްރޭލިއާއިން ބުނެފިއެވެ.

އޮސްޓްރޭލިއާ އިން ބުނީ އަންނަ މަހުން ފެށިގެން ފަލަސްތީންގެ ދައުލަތް ބަަލައިގަންނާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. މިކަން އިއުލާންކޮށް އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބެނީސް ވިދާޅުވީ އަންނަ މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ރަސްމީކޮށް އޮސްޓްރޭލިއާ އިން އެކަން އިއުލާން ކުރައްވާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އޮސްޓްރޯލިއާގެ ބޮޑުވަޒީރު ވިދާޅުވީ ފަލަސްތީނު އޮތޯރިޓީ ޕީއޭ އާ އެކު ވެސް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ބޮޑުވަޒީރު އަލްބެނީސް ވިދާޅުވީ ފަލަސްތީނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ’ޓޫ ސްޓޭޓް ސޮލިއުޝަނެއް“ ވަރަށް މުހިއްމު ކަމަށެވެ.

އިޒްރޭލާ އެއްގޮތަށް ފަލަސްތީނަށް ވެސް ވަކި ދައުލަތެއްގެ ހުއްގު ލިބިގެންވާ ކަމަށާއި އޮސްޓްރޭލިއާ އިން އެކަމަށް ވަކާލަތު ކުރާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

One Reply to “އަންނަ މަހުން ފެށިގެން ފަލަސްތީންގެ ދައުލަތް ބަަލައިގަންނާނަން: އޮސްޓްރޭލިއާ”

  1. އިބޫ

    ރަނގަޅައް މިދެކެނީ ފަލަސްތީނުގެ ދައުލަތެއް އޮއްނަން ޖެހޭނެ

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި