މިލައުތުރު

ޔޫރަޕުގެ ޤައުމުތަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަނީ ދިވެހި ސަރުކާރުން ކުރި ހަރުދަނާ މަސައްކަތުން.

ޔޫރަޕުގެ ބައެއް ޤައުމުތަކާއި، އޮސްޓްރޭލިޔާ އަދި ނިއުޒީލޭންޑް ފަދަ ޤައުމުތަކުން އަންނަ މަހު ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަނީ ދިވެހި ސަރުކާރުން ކުރި މަސްކަތުގެ ސަބަބުން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސްޓޭންޑް ވަރަށް ސާފުކޮށް ގެންދެވީ މުޅި ދުނިޔެއަށް ވެސް ބަޔާންކޮށްދެއްވަމުން ކަމަށާއި، އެމީހުންގެ އެންމެ މަޤުބޫލު މަންޒިލުން އެހާ ހަރުދަނާ ގޮތެއްގައި ފަލަސްޠީނާ މެދު ހަމްދަރުދީ ފާޅުކުރަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތާ ޖަރުމަނުން ވެސް މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަނީ ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭގޮތް ހެދުމަކީ ވެސް އެކަމަށް ބާރުލިބިގެންދިޔާ ސަބަބެކެވެ. އިޒްރޭލް ޕާސްޕޯޓް ލިބިފައިތިބި ޔޫރަޕުގެ ބައެއް ރައްޔިތުން ފޫހިވެ، ސަރުކާރަށް ޕްރެޝަރު ވެސް ކުރަން ފެށުން ހިމެނެއެވެ. އަދި ހަމަ މިއާ އެކު އަރަބި މުސްލިމް ޤައުމުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަކުން އިތުރު ވެއްޖެ ކަމަށެވެ.