މިލައުތުރު

ހިއްކާފައިއޮތް ތަންގަނޑު ދައްކާލަން މަލްޝާ ޝަރީފު ރަސްމާލެއަށް.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ރަސްމާލެއަށް ޒިޔާރަތްކޮށް އެތަނުގައި ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ ރާއްޖެ ޓީވީން މަޢުލޫމާތު ފަތުރާފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ސީދާ މަލްޝާ ޝަރީފު އެތަނަށް ގޮސް ހިއްކާފައިއޮތް ތަންގަނޑު ދައްކާލައިފި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ބުނެފައިވަނީ ރަސްމާލޭ ބިންހިއްކުމުގެ މަސައްކަތުގެ %20 ވެސް ނިމިފައި ނެތް ކަމަށެވެ. އަދި މަޝްރޫޢަށް ފައިސާ ޚަރަދުކުރަނީ ކިހިނެއް ކަމެއް ވެސް އެނގޭނެ ގޮތެއް ނެތްކަމަށާއި، މަޖިލީހަށް ވެސް އެއްވެސް މަޢުލޫމާތެއް ހިއްސާ ނުކުރާ ކަމަށެވެ.

މަލްޝާ ވަނީ އޭނާގެ ފޭސްބުކް މެދުވެރިކޮށް ވަރަށް ތަންތަން ދައްކާލާފައެވެ. އެކި ގޮތް ގޮތަށް، އަރިއަރިއަށް ފޮޓޯތަކާއި ވީޑިއޯތައް ނެގުމަށް ފަހު އޭނާގެ ފޭނުންނަށް ފޯރުކޮށްދީފައެވެ. އެގޮތުން އޭނާގެ ކުރިމަތި ފެންނަ ގޮތަށް ސެލްފީތަކާއި ވީޑިއޯތައް ވަނީ ފޭސްބުކްގައި ހިއްސާކޮށްފައެވެ.

މަލްޝާ އަކީ ފިސާރި ކެރޭ އަންހެނެކެވެ. ކަމެއްގެ ޙަޤީޤަތް ހޯދުމަށްޓަކައި ފީނަންޖެހުނު އެންމެ ފުނަކަށް އޭނާ ފީނާނެއެވެ. އެހެންކަމުން ޕީއެންސީ ފިރިހެނުންގެ މެދުގައި އޭނާއަކީ އެންމެ މަޤުބޫލު އެއް އެކްޓިވިސްޓެވެ. އަދި އޭނާގެ ރަސްމާލެ ކަވަރޭޖަށް ވެސް ބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ.

One Reply to “ހިއްކާފައިއޮތް ތަންގަނޑު ދައްކާލަން މަލްޝާ ޝަރީފު ރަސްމާލެއަށް.”

  1. Ali

    Heybali vanee hama

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި