ފައިސާ ދީގެން މި ސަރުކާރުން ދިވެހި ރައްޔިތުން އަޅުވެތިކުރަން އުޅޭކަމަށް އިދިކޮޅުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެ އަމާޒެއްގައި ކަމަށާއި އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ހޯދުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރައްޔިތުން އަޅުވެތި ކުރުން ކަމަށް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ފ. މަގޫދޫ ކައުންސިލުން އެ ރަށުގައި ތަރައްޤީ ކޮށްފައިވާ ބައެއް ބިނާތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ. އެގޮތުން ސޯލިހު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް މަދު ފައިސާ ކޮޅެއް ދީގެން އަޅުވެތި ކުރުމަށް ކަމަށެވެ. އަދި އެކަން ފެނިގެން ދާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ މި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ސަރުކާރުން ކުރާ ކަމަކީ ރައްޔިތުން އަޅުވެތި ކުރުމުގެ މަސައްކަތް ކަމަށްވެސް ސޯލިހް ވިދާޅުވި އެވެ.