މިލައުތުރު

ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އިބްރާހީމްގެ ދީލަތި އެހީއެއް ށ. ފޯކައިދޫ ސްކޫލަށް

ކޮމަންޑޫ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހީމްގެ ފަރާތްޕުޅުން ފޯކައިދޫ ސްކޫލަށް ބޮޑު އެހީއެއް ވެދެއްވައިފިއެވެ.

ފޯކައިދޫ ސްކޫލްގެ ހުރިހާ ކުލާސްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ 6 ސްމާޓް ޓީވީ ހަދިޔާކޮށްފައެވެ.

އެމްޕީ މުޙައްމަދު އިބްރާހީމްގެ ފަރާތުން އެ ތަކެތި ފޯކައިދޫ ސްކޫލާ ޙަވާލުކޮށްދެއްވީ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ ދެ މެންބަރުން ކަމަށްވާ އަޙްމަދު ރިޟުވާން އާއި ޢަލީ ޤުރައިޝް އެވެ. ސްކޫލުން އެތަކެއްޗާ ޙަވާލުވެލެއްވީ ޕްރިންސިޕަލް މުޙައްމަދު ޝާމީމުއެވެ.

މިއީ އެމްޕީ މުޙައްމަދު އިބްރާހީމް ފޯކައިދޫ ސްކޫލަށް ވެދެއްވި ވަރަށް ބޮޑު އެހީއެކެވެ.

5 Replies to “ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އިބްރާހީމްގެ ދީލަތި އެހީއެއް ށ. ފޯކައިދޫ ސްކޫލަށް”

  1. އަބްދޯ

    2 އަހަރު ދުވަހުން ލިބުނުހާ ވެސް އެއްޗަކީ ތިޔައީ. ލަދެއް ވެސް ނުގަނޭ ދޯ!

  2. ނަޝާތު

    ގުރޭހު ތިޔަ ހުރީ ދެން އޮވި ނިމިފައި.

  3. GALHI

    ލަރޭއަށް ހުމްހޫރީ ޕާޓީގެ ފިކުރާ ދުރެއް ނުވެވޭނެ. މިހާރު ވެސް އަހުމަދު ސައުދަަށް ގުޅައިގެން ސާމާނު ހޯދާ.

  4. ފާއިޒް

    ކޮބާތަ ނާދިރު ސޯ؟

  5. MP Mathikomandoo

    Theyobe kobaa, Theyobe

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި