ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމުގެ މާތް މަޤުޞަދުގައި 2020 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ދަނޑުވެރިކަމާބެހޭ ކުންފުނީގެ ފެހިކަން ގެއްލި އެއްކޮށް މިލާ މޯޅިވެއްޖެ އެވެ.
މީގެ ފަސް އަހަރު ކުރިން ވުޖޫދުވި ކުންފުނިން އިންވެސްޓުކޮށް، ވަޞީލަތްތަކެއް ވަނީ ތަރައްޤީ ކޮށްފައެވެ. އޭގެތެރޭގައި 9 ޑިސްޓްރިބިއުޝަން ސެންޓަރާއި، ކަނޑުގައި ދުއްވާ ދެ އުޅަނދެެއް ހިމެނެއެވެ. މިއީ ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާގެ އަގުހުރި ހަރުމުދަލުގެ ވަޞީލަތްތަކެކެވެ. އެހެން ނަމަވެސް މިހުރިހާ ވަޞީލަތްތައް ވެސް މިހާރުވަނީ ބޭކާރުވެ، ވީރާނާވެ ހަލާކުވާން ފަށާފައެވެ.
އަށްސަކޭތަ ދަނޑުވެރިންނާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހެދިގެން ދަނޑުވެރިކަން ކުރަމުން އައި ކުންފުނީގައި މިއަދު އެއްވެސް ދަނޑުވެރިއަކު ނެތެވެ. އަދި ދަނޑުވެރިކަމުގެ ބާވަތަކުން އެންމެ ކިލޯއެއްގެ މިންވަރު ވެސް ބާޒާރަކަށް ނުނެރެވެއެވެ. އެހެން ނަމަވެސް ސިޔާސީ މަޤާމުތަކާއި ބޮޑެތި މުސާރަތައް ލިބޭ ވެރިންގެ އަދަދު ވަނީ ތިންގުނަ ވެފައެވެ.
އެގްރޯނެޓްގެ ބޯޑުގެ ޗެއާޕާސަން އާއި ބައެއް ޑިރެކްޓަރުންގައި ދަނޑުވެރިކަމާ ގުޅޭ ވިޔަފާރީގެ އެއްވެސް ވިސްނުމެއް ނެތެވެ. ކުންފުނި ތަރައްޤީކުރުމަށާއި، ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ދިމާވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރެއްވޭ އެއްވެސް ކަމެއް އަމުދުން ނެތެވެ.
3 Replies to “އެގްރޯނެޓަށް މިވީ ކިހިނެއް؟ ދެ އަހަރު ދުވަހުގެ ނަތީޖާ ސުމެއް!”
އަބްދޯ
އުވާލަންޖެހޭ ބޭކާރުތަނެއް. ދަނޑުވެރިންނަށް ފައިދާއަށް ވުރެ ގެއްލުންދޭ ތަނެއް. ފޭރޭ ތަނެއް.
GALHI
Balaa ekey thee ves
UVAALAA
Uvaalaa uvaalaa uvaalaa
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި