މިލައުތުރު

ޕާކިސްތާނުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ޝުކުރު އަދާކުރައްވައިފި.

ސަރަަހައްދުގެ ސުލްހަ ދެމެެހެއްްޓުމަށްޓަކައި އިންޑިޔާ އާއި ޕާކިސްތާނާ ދެމެދުގައި ފެށިފައިވާ އަސްކަރީ ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމާ ގުޅޭ ގޮތުން އިސްނެންގެވީތީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޖޭ ޓްރަމްޕަށް ޕާކިސްތާން ސަރުކާރުން ޝުކުރު އަދާކުރައްވައިފިއެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ނެރުއްވި ރަސްމީ ބަޔާނުގައިވަނީ، ޙަމަލާތައް ބަދަލުކުރުމަކީ ޕާކިސްތާނުން އެންމެ އެދޭގޮތް ނޫންކަމަށާއި، އަބަދުވެސް ސުލްހައަށް އެދޭކަމަށެވެ. އެހެން ނަމަވެސް ޤައުމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ޕާކިސްތާނުގެ އަސްކަރީ ފައުޖުތައް ތައްޔާރަށް އޮންނާނެ ކަމަށެވެ.

ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް އެއްފަރާތްކޮށް ސުލްހަ ޤާއިމް ކުރުމަށް އިސްނަންގަވާ ކޮށްދެއްވި މަސައްކަތްފުޅުތަކަށް އެމެރިކާގެ ރައީސް ޓްރަމްޕް އަށާއި، ނައިބު ރައީސް ޑީޖޭ ވޭންސްއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟