މިލައުތުރު

ޔުމްނުގެ އުޅަނބޮށިހުޅަށް ލިބިފައިވަނީ އިއާދަ ނުކުރެވޭނެ ގެއްލުމެއް – ޑޮކްޓަރުން

މާލޭގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާ އިން ވެއްޓި ބޮޑެތި އަނިޔާތަކެއްވި އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ އުޅަނބޮއްޓަށް ލިބިފައިވާ ގެއްލުންތައް އެއްކޮށް ފަސޭހަ ނުކުރެވޭނެކަމަށާއި، އެއީ ދާއިމީ ގެއްލުމެއް ކަމަށް މެލޭޝިޔާގައި އޭނާއަށް ފަރުވާދޭ ޑޮކްޓަރުން ބުނެފިއެވެ.

ޔުމްނުގެ ހާލަތާ ގުޅޭ ގޮތުން އޭނާގެ ދައްތަ އަގީލާ ނައީމް ސޯޝަލް މީޑިޔާގައި ބުނެފައިވަނީ ޔުމްނުގެ އުޅަނބޮއްޓަށް ލިބިފައިވާ ގެއްލުމާ ގުޅިގެން ސާޖަރީއެއް ހަދާފައިވާ ކަމަށާއި، އެއީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

ޔުމްނުގެ މައިބަދައިގެ ކަށިގަނޑަށް ލިބިފައިވާ ގެއްލުންތައް ރަނގަޅު ކުރަން ހަދަން ޖެހުނު ސާޖަރީ ކާމިޔާބުކަމާއެކު މިދިޔަ މަސް ތެރޭގައި ވަނީ ކޮށްފައެވެ. އެންމެ ނާޒުކު އެއް ސާޖަރީ އަކީ އެއީ ކަމަށާއި، އެހެން ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި، މިހާރު ހޭވެރިކަން ވާ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟