މިލައުތުރު

ތާރުއަޅާނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން، އާރުޑީސީގައި ޤާބިލްކަމެއް ނެތް ދެން ކިހިނެތް ހަދާނީ – ވަޒީރު

ސަރުކާރުގެ މަގު ހަދާ ކުންފުނި ކަމަށްވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގައި ތާރު އެޅުމުގެ ގާބިލްކަން ނެތް ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވުމުން ވަރަށް ގިނަ ރައްޔިތުންތަކެއްގެ އުންމީދުތައް ފުނޑު ފުނޑު ވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން އެ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ސަރުކާރުގެ އެކަމާބެހޭ މައި ކުންފުނީގައި މަގުތަކުގައި ތާރުއެޅުމުގެ ޤާބިލްކަން ނެތްކަމަށެވެ.

އާރުޑީސީއާ ހަވާލުކޮށްފައިވާ ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީ އިންޑިއާ ކުންފުންޏަކަށް ސަބް ކޮންޓްރެކްޓް ކޮށްގެން ކަމަށާއި، އެ ކުންފުނިން ރަނގަޅަށް މަސައްކަތަކެއް ކޮށްފައި ނުވާތީ، އެ މަސައްކަތް ފަހުން ކޮށްފައިވަނީ އާރުޑީސީގެ ވަޞީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

One Reply to “ތާރުއަޅާނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން، އާރުޑީސީގައި ޤާބިލްކަމެއް ނެތް ދެން ކިހިނެތް ހަދާނީ – ވަޒީރު”

  1. ޕޮރެފެސަރ

    މިހާރުވެސް އާރު ޑީ ސީ ސައިޓް ތަކުގައިވެރިންގެ ގޮތުގަ ތިބީ ހަމަ ކުރިން އެތަން ދަވާލި މީހުން ދެން ކޮން ރަގަޅެއްވާނީ

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟