މިލައުތުރު

ޣައްޒާގައި ކުޑަކުދިން ބަނޑަށް މަރުވަނީ، ދާދި އަވަހަށް ކާބޯތަކެތި ފޯރުކޮށްދޭން ފަށާނަން – ރައީސް ޓްރަމްޕް

ޣައްޒާއަށް އެއްވެސް އެއްޗެއް ނުވެއްދޭ ގޮތަށް އިޒްރޭލުން ބަންދުކުރިތާ ދެ މަސް ފަހުން އެމެރިކާއިން ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށް ރައީސް ޓްރަމްޕް އިޢުލާން ކޮށްފިއެވެ.

ރައީސް ޓްރަމްޕް ބުނެފައިވަނީ ޣައްޒާއިން ކާބޯތަކެތި ހުސްވެފައިވާ ކަމަށާއި، ކުޑަކުދިންނާއި އަންހެނުންނާ މުސްކުޅިން ބަނޑަށް މަރުވަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެމެރިކާއިން ކާބޯތަކެތި ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލްގެ ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި ރައީސް ޓްރަމްޕް މިދަފަ އިޝާރާތެއް ކުރެއްވުމުން ގިނަ ބަޔަކަށްވީ ހައިރާން ކުރުވަނިވި ކަމަށެވެ.

ޓްރަމްޕް ފަދަ މުސްލިމުންނާ އެހާ އަދާވާތްތެރި މީހެއްގެ ފަރާތުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަމެއް ހަމަ ލިބިދާނެތޯ ސުވާލު އުފައްދާ މީހުން ވެސް މަދެއް ނޫނެވެ.

އަނެއް ބަޔަކު ބުނަނީ ޓްރަމްޕްގެ ކުއްލި ޓާން އަކީ ނޯބެލް ޞުލްޙައިގެ އިނާމު ޙާޞިލްކުރުމަށް ފެއްޓެވި އެއްވެސް ހަރުދަނާ ކަމެއް ނެތް ދަތުރަކަށް ވެދާނެ ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟