ޝާން މުޙައްމަދު

މުޅި ރާއްޖެ އަށް ވެސް ވައިގަދާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި.

މުޅި ރާއްޖެ އަށް ވެސް ވައިގަދާނެ ކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ މެންދުރު ފަހު 1:15 އިން ފެށިގެން އިރުއޮއްސި 6:15 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ގަޑިއަކު 19-24 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.

މުޅި ރާއްޖެއަށްވެސް ވައިގަދަވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.

މެޓުން ހުދު ސަމާލު ނެރުނު އިރު މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް ވިއްސާރަ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟