ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ ބައްދަލުވުން ރައްޔިތުންނަށް ސިއްރުކޮށްގެންނެވެ.
ދެ ފަނޑިޔާރުންނަށް މަޖިލީހުގެ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭން ނިންމައި، އެންމެ ފަހުން ކޮމިޓީގެ ބައްދަލުވުން ވެސް ސިއްރުކޮށް، ފަނޑިޔާރުން ވަކިކުރަން ނިންމީ ޕީއެންސީގެ މެންބަރުންނެވެ. ސިއްރު ސިއްރުން ނިންމީ އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމުމުގައި އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ޕީއެންސީ ހުރިހާ މެމްބަރުންގެ ވޯޓާއި އެކު ޖޭއެސްސީގެ ރިޕޯޓް ރަނގަޅު ކަމަށާއި، ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
ކޮމިޓީ ސިއްރުކުރުމާއެކު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ވަނީ ކޮމިޓީ ދޫކުރައްވާ ނިކުމެވަޑައިގެންފައެވެ. އެހެން ކަމުން ޕީއެންސީގެ މެންބަރުން ފިޔަވައި މިކަމަށް ތާއީދުކުރަައްވާ އެހެން އެއްވެސް ބަޔަކު ނެތެވެ.