މިލައުތުރު

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ޔޮޓް ހުއްޓުވައި އެކްޓިވިސްޓުން ހައްޔަރު ކޮށްފި.

އިޒްރޭލްގެ ހައްދު ފަހަނަ އެޅި ޔަހޫދީ އިސްތިއުމާރީ ސިފައިން ހަތިޔާރާއެކު ޔޮޓަށް އަރާ އޭގައި ދަތުރުކުރަމުންދިޔަ ހިއުމަން ރައިޓްސް އެކްޓިވިސްޓުން (ފްލޮޓިއްލާ ކޯލިޝަން) ގެ މެންބަރުން ވަނީ ހައްޔަރު ކޮށްފައެވެ.

އިސްތިއުމާރީ ސިފައިން އަމަލުކޮށްފައިވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުތަކާ ޚިލާފަށް ކަމަށްވާތީ، އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރުމާއެކު ކުއްވެރި ކޮށްފައެވެ. އެެހެން ނަމަވެސް އިޒްރޭަލަކީ އެއްވެސް އިރެއްގައި ބައިނަލްއަޤުވާމީ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތި ބައެއް ނޫންކަމުން މިވެސް އެމީހުންނަށް އެއްވެސް ކަމަކަށް ނުވާނެއެވެ.

އަދި މިހުރިހާ ކަމެއްގެ ފަހަތުގައި ވާގިވެރިވާން އޮތީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އެމެރިކާ ކަމުގައި ވާތީ، ދުނިޔޭގެ އެއްވެސް ގައުމަކަށް މިކަމާ ގުޅިގެން ފިޔަވަޅެއް އަޅާކަށް ނުކެރޭނެއެވެ. އަދި އަމުދުން އެމީހުންގެ އިސްތިއުމާރީ ބާރުގެ ދަށުވެފައި އޮތް އަރަބި އިސްލާމީ ގައުމަކަށް އަމުދުން ނުކެރޭނެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟