މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެެވެ.
ދީނީ ޢިލްމުވެރިޔާގެ އާއިލާއިން ފުރަތަމަ މަސައްކަތް ކުރެެއްވީ ހަށިގަނޑު މާލެ ގެނައުމަށް ފަހު ޖަނާޒާ ރާއްޖޭގައި ބޭއްވުމަށެވެ. ނަމަވެސް ހަށިގަނޑު ރާއްޖެ ގެންނަނަމަ ޕޯސްޓްމޯޓަމް ހަދަން ލާޒިމް ވާތީ، އާއިލާއިން މިހާރު ނިންމަވާފައިވަނީ ޝައިޚްގެ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށެވެ.
ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ފަރީދުގެ ޖަނާޒާގެ ކަންކަން މެލޭޝިޔާގައި ބާއްވަން ނިންމަވާފައިވާތީ، ޝައިހުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދުކުރަން ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ.
އެގޮތުން ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ޝެއިހް ވަޅުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރަން ނިންމަވާފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.