މިލައުތުރު

ބިލެތްފަހީ ކައުންސިލްގެ މުހިންމު ދެ މަޝްރޫޢެއް ނަރީސް އިންވެސްޓްމަންޓާ ހަވާލުކޮށްފި.

ށ. ބިލެތްފަހީ ކައުންސިލުން ހިންގާ މުހިންމު ދެ މަޝްރޫޢެއްގެ އެއްބަސްވުމުގައި ނަރީސް އިންވެސްޓްމަންޓާއެކު ސޮއި ކޮށްފިއެވެ.

މީގެ ތެރެއިން އެއް މަސައްކަތަކީ ފުޓްސަލް ދަނޑުގައި ރޮސްޓްރަމެއް އިމާރާތްކުރުމުގެ މަސައްކަތުގެ ފުރަތަމަ ފޭސްގެ ދަށުން ފައުންޑޭޝަން އަޅައި، ރޭނުމާއެކު މަތީބެރި އެޅުމުގެ މަސައްކަތެވެ.  މިއީ 60 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 153280.00 ( އެއްލައްކަ ފަންސާސް ތިންހާސް ދުއިސައްތަ އަށްޑިހަ ) ރުފިޔާއަށް ޙަވާލުކުރެވުނު މަސައްކަތެކެވެ.

އަނެއް މަސައްކަތަކީ ޕްރީސްކޫލް ހިންގާ އިމާރާތުގެ ފާރު މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތެވެ. މިއީ 10 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 33700.00 ( ތިރީސް ތިންހާސް ހަތްސަތޭކަ ) ރުފިޔާއަށް ޙަވާލުކުރެވުނު މަސައްކަތެކެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟