މިލައުތުރު

ށ. ޅައިމަގު ޞިއްޙީމަރުކަޒަށް ތަރައްޤީގެ ބޮެޑެތި ބަދަލުތަކެއް!

ށ. ޅައިމަގު ސިއްޙީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތްތައް އިއްޔެގައި ކޮންޓްރެކްޓަރާ ޙަވާލުކޮށްފިއެވެ. މިއީ އެރަށުގެ ޞިއްޙީ ޚިދުމަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކޮށް ދާއިރާގެ ޢިއްޒަތްތެރި މެންބަރު އެމްޕީ މަންޑޭ އެކަން ފާހަގަކޮށް ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ.

ޅައިމަގު ޞިއްްޙީމަރުކަޒަށް ގެނެވޭ އަޕްގްރޭޑް ކުރުމުގެ މަސަައްކަތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް ލެބޯޓަރީއަކާއި، ޕްރައިވެޓް ރޫމާއި، ގަރާޖެއްގެ އިތުރުން ގުދަނެކެވެ. މި މަސައްކަތް ޙަވާލުކުރެވިފައިވަނީ 180 ދުވަހުން ނިންމާގޮތަށް 4.8 މިލިޔަން ރުފިޔާއަށް އީކޮން މޯލްޑިވްސް ކުންފުންޏާއެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަންވަރު އެވެ.

މަންޑޭ ސޯޝަލް މީޑިޔާގައި ލިޔުއްވާފައިވަނީ، އަސާސީ ބައެއް ޚިދުމަތްތައް ވެސް ތަރައްޤީ ކުރެވިފައިނެތް ށ.ޅައިމަގުގެ ސިއްޙީމަރުކަޒު ތަރައްޤީކުރުމަކީ ރައީސުލްޖުމްޙޫރިއްޔާ ގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.

އަދި މިހާރު ކުރެވެމުންދާ މަސައްކަތްތައް ކުރެވުމާއެކު، މާޒީގައި އަޅާނުލައި ދޫކޮށްލާފައިއޮތް އަތޮޅުތަކާއި ރަށްތަކުގެ ސިއްޙީ ނިޒާމު ހަރުދަނާވެ، ތަރައްޤީވެގެން ދާނެކަމަށާއި، މަދު ތަނަކަށް ބަރޯސާ ކުރެވިފައި އޮތް އޮތުމުގެ ނިޒާމު ނިމުމަކަށް ގެނެވި، އަމިއްލަ ރަށުން ސިއްހީ ޚިދުމަތްތައް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ސިއްޙީ ވުޒާރާގެ ވަޒީރާ އަދުގެ ސަރުކާރުން، މުޅި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވަނީ ތަޢުރީފު ޙައްޤު މަސައްކަތެއް ކަމަށާއި، ކޮންމެހެން ކުރަންޖެހިފައިއޮތް ކަމެއް ކަމަށެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟