މިލައުތުރު

އިޒްރޭލްގެ އިސްތިއުމާރީ ސިފައިން އަލް-އަޤްޞާ މިސްކިތުގެ އިމާމު ވަގަށް ނަގައިފި.

ހައްދު ފަހަނައަޅާފައިވާ އިޒްރޭލްގެ އިސްތިއުމާރީ ސިފައިން އަލް-އަޤްޞާ މިސްކިތުގެ އިމާމު އަދި ފަނޑިޔާރުންގެ ފަނޑިޔާރު ޝައިޚް އިޔާދު އަލް އައްބާސީ ވަގަށް ނަގައިފިއެވެ.

ޝައިޚް ވަގަށް ނެތީ ނަމާދަށް ފަހު އަޤްޞާ މިސްކިތުން ފައިބައިގެން ގެއަށް ވަޑައިގަންނަވަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިހާރު ޝައިޚް ފޮރުވާފައިހުރި ތަނެއް ވެސް، ހުންނެވި ޙާލުކޮޅެއް ވެސް ނޭނގެއެވެ.

އަޤްޞާ މިސްކިތުގެ އިމާމު ވަގައްނެގުމަށް ފަހު ބަންދުކޮށްފައި ހުރީ ކޮންފަދަ ޙާލަތެއްގައި ކަމެއް ވެސް އަދި އެފަދަ އަނިޔާވެރިކަމެއް އިސްކުރި ސަބަބެއް ނޭނގެއެވެ.

މިކަމާ ގުޅިގެން އިސްރާޢީލުގެ ރަސްމީ އެއްވެސް އިދާރާއަކުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން މުސްލިމުން ގެންދަނީ ހިތާމަ ފާޅުކޮށް، ޝައިޚް ދޫކޮށްލުމަށް ގޮވާލަމުންނެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟