މިލައުތުރު

މިއަދު ލިބޭ ނަތީޖާ ރަނގަޅު ނުވިޔަސް، ކޮންމެވެސް ޕާތުވޭއެއްގައި މިހާރު ކިޔެވޭނެ – އެޑިޔުކޭޝަން މިނިސްޓަރ

މި އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުގެ މެންދުރު ފަހު 13:00 ން ފެށިގެން ރާއްޖޭގެ ސްކޫލްތަކުން ދޫކުރަން ފަށާނެ ކަމަށާއި، ކިތަންމެ ދަށް ނަތީޖާއެއް ލިބުނަސް ކޮންމެވެސް ޕާތުވޭއަކުން ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިކޮށްދެވިފައި ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯލެވެލްގެ ނަތީޖާއަކީ ދަރިވަރުންގެ އިތުރަށް ކިޔެވުމުގައި ގޮތް ނިންމާ ދުވަސް ކަމަށް ކުރިން އޮތް އޮތުން މިހާރު ވާނީ މާޒީކޮށްލާފައި ކަމަށެވެ. ”މާދަމާ/މިއަދު ލިބޭ ނަތީޖާއަކީ ކިޔެވުން ހުއްޓާލަން ނިންމާ ދުވަސްކަމުގައި ނުހެދުމަށާއި، އޯލެވެލް ނަތީޖާއަކީ ތިޔަ ދަރިވަރުންގެ ކިޔެވުމުގައި ސިއްކަޖެހޭ ދުވަސް ކަމުގައިވެފައި ވަނީ މާޒީގައި“ ކަމަށް ވަޒީރު ލިޔުއްވާފައިވެ އެވެ.

އޯލެވެލް ނިންމާ ކުދިންނަށް އޭލެވެލް ކިޔެވުމާ އެކު ކުރިއަށްދިއުމުގެ ޕާތުވޭތަކެއް މިނިސްޓްރީން ފަހިކޮށްދީފައިވާނެ ކަމަށެވެ. އެއީ އެކަޑަމިކް ޕާތުވޭ، ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިއުކޭޝަން ޕާތުވޭ އަދި މަސައްކަތުގެ މާހައުލުގައި (ވޯކް-ބޭސްޑް) ކިޔެވުމުގެ އެޕްރެންޓިސްޝިޕް ޕާތުވޭ އެވެ. މިހުރީ ހައްތަހާ ވެސް މިނިސްޓަރު ފަހިކޮށްދެއްވި ޕާތުވޭތަކެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟