މިލައުތުރު

ށ. މާއުނގޫދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރަނީ.

ށ. މާއުނގޫދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި ސެންޓަރު އިމާރާތް ކުރުމަށް ޙަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިއީ ދަޢުލަތުގެ ބަޖެޓުން 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމިގެންދާއިރު ޤުރުއާން ސެންޓަރުގައި އޮފީސް ޖާގައަކާއި ޙިފްޡު ޓެސްޓުތައް ކުރިއަށް ގެންދެވޭނެ ރޫމަކާއި ކްލާސްރޫމާއި ކޮންފަރެންސް ހޯލެއް އަދި ލައިބްރަރީވެސް ހިމެނޭނެއެވެ.

މި މަސައްކަތް ކުރުމަށް މިހާރު މިވަނީ ބަޔަކާ ހަވާލުކުރެވިފައެވެ. ފުނަދޫ ދާއިރާގެ ޒުވާން އެމްޕީ މަންޑޭ އެކަމުގެ އުފާ ފާޅުކުރައްވާ ވިދާޅުވީ، މާތް ﷲ ގެ އިރާދަފުޅާއެކު ދާދި އަވަހަށް މި މުހިންމު މަޝްރޫޢުގެ ޢަމަލީ މަސައްކަތް  ފެށިގެންދާނެ ކަމަށެވެ. އަދި މަސައްކަތް ނިމިގެން ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާނެއެވެ.

މާއުނގޫދޫ ކަނބަލުންގެ އެދުމުގެ މަތިން އެރަށުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމަކީ ރައީސ ްގެ ރިޔާސީ ވަޢުދުފުޅެކެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟