މިލައުތުރު

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ޕިކްނިކް ގޮސް ކުޅެ މަޖާ ކޮށްލެވޭނެ ފުރުސަތު ސަރުކާރުން ފަހިކޮށްދެނީ.

ރާއްޖޭގެ ރައްޔިތުންނަކީ ހިތްހަމަޖެހުމާ އުފަލާއެެކު ދިރިއުޅޭ ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މާތް މަޤްޞަދުގައި ކޮންމެ އަތޮޅަކުން އެއް ރަށް ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީ ކޮށްދެއްވާން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޕިކްނިކް ދާނެ ރަށެއް ތަރައްޤީ ކޮށްދިނުމަށް ވަރަށް ގިނަ ރަށްރަށުން ހުށަހަޅާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް އައިލެންޑް ތަރައްޤީ ކޮށްދޭން ހިންގަވާނެ ބޮޑު ޤައުމީ މަޝްރޫޢެއްގެ ގޮތުގައި ރައީސް ވަނީ ރޭގައި އިއުލާން ކުރައްވާފައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟