2011 ވަނަ އަހަރުން ފެށިގެން ށ.ފުނަދޫއަށް ދިމާވަމުން އަންނަ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް ރަނގަޅު ޙައްލެއް ލިބޭތޯ ރައްޔިތުން ކުރަމުން އައި ޝަކުވާތައް އަޑުއައްްސަވައި، އެކަން ޙައްލުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ފުނަދޫއަށް ބާލައިފި އެވެ.
މިއީ 2015 އާއި 2017 ވަނަ އަހަރާ ހިސާބުގައި ކަންބޮޑުވާ މިންވަރަށް ފުނަދޫއަށް އަސަރުކުރި އެހެން ނަމަވެސް އެއްވެސް ޙައްލެއް ލިބިފައިނެތް މައްސަލައެކެވެ. އަދި ވަކިން ޚާއްސަކޮށް ފުނަދޫގެ ދެކުނުކޮޅު ގިރުމާއި އުދައެރުމުގެ މައްސަލައަކީ ނުހަނު ނާޒުކު މައްސަލައެކެވެ.
ފުނަދޫގެ ރައްޔިތުން މިއަދު އުފާކުރަނީ މި މައްސަލަ ޙައްލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެމްޓީސީސީގެ ވެހިކަލްތަކާއި އެހެނިހެން އާލާތްތައް ރަށަަށް ލިބިފައިވާތީ އެވެ.