ފެނަކަ އޮތީ ބަނގުރޫޓު ވެފައި، އައްޑޫ ކަރަންޓުގެ މައްސަލައަށް ހައްލެއް ނެތް – އައްޑޫ މޭޔަރު

ޝާން މުޙައްމަދު | 25 ފެބްރުއަރީ 2025 | އަތޮޅުތަކުން
1

ފެނަކަ ކުންފުނި އަކީ ބަނގުރޫޓު ވެފައިވާ ކުންފުންޏެއް ކަމަށާއި ކުރިޔަށް އޮތް ރޯދަ މަހަށްވެސް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވާނެ ކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ނިޒާރު ވިދާޅުވީ ރޯދަ މަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ އަދި ހައްލެއް ނުވާނެ ކަމަށެވެ. އަދި މާލެ އިން ގެނައި‏ ޖަނަރޭޓަރުން ކަރަންޓް ދިން ނަމަވެސް ދެ ޖެނެރޭޓަރު މިވަގުތު ވެސް ސްޕެއާ ނުލިބި ހުއްޓިފައި ހުރި ކަމަށެވެ.

Advertisement

މޭޔަރު ވިދާޅުވީ ގަޑިއަކުން ގަޑި އަކުން އައްޑޫގެ ގުޅިފައިވާ ރަށްރަށުން މިހާރުވެސް ކަރަންޓު ކަނޑަމުންދާކަމަށާއި މިކަމުގެ ހައްލަކީ ހަގީގީ ހާލަތު ދަނެގަނެ އަދި އެހާލަތު ހާމަކޮށް ދައުލަތުން ހަރަދުކޮށް މައްސަލަ ހައްލު ކޮށްދިނުން ކަމަށެވެ.

އައްޑޫއަށް ގެނައި 1.8 މެގަވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ހިދުމަތްދޭން ފެށި ނަމަވެސް ފާއިތުވި ދެ ދުވަހު ވެސް އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް އަންނަނީ ކަރަންޓު ކަނޑަމުންކަން ފާހަގަ ކުރެވެއެވެ.

Advertisement

ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެންދާ އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި ކަރަންޓު މައްސަލަ ދިމާވާތާ މަސްތަކެއް ވެފައިވާއިރު ރައްޔިތުން ދަނީ އެކަމުގެ ޝަކުވާތައް އިންތިހާއަށް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީއަޝީދު
މޭޔަރ އެވިދާޅުވީ ހަގީގަތުގައިވެސް ކަންއޮތްގޮތެވެ .