a stack of one hundred dollar bills tied with a string

ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތް ނިމުމުން ޑޮލަރުގެ އަގު ދަށްވާނެ.

މިލައުތުރު | 25 ޖުލައި 2026 | ވާހަކަ

ބޮޑުތަކުރުފާނުމަގު ފުޅާކޮށް ނިމުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ބެލެވެން ފަށައިިފި އެވެ. ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަވުމަކީ ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ރައީސް ކުރިން ވިދާޅުވިފަދައިން ޑޮލަރުގެ އަގެއް ޙަޤީޤަތުގައި މައްޗަކަށް ނާރައެވެ. ވެގެން މިއުޅޭ ގޮތަކީ ދިވެހި ރުފިޔާގެ އަގު ދަށަށް ޖެހިލީއެވެ. މަގު ފުޅާވެ، އެއްތަނުން އަނެއްތަނަށް މުދާ އުފުލަން ފަސޭހަވުމުން ޑޮލަރުގެ އަގު ތިރިވާނެ އެވެ. ދައުލަތުގެ ގަވަރުނަރު ވެސް ވަނީ މިފަދަ ޢިލްމީ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

އެހެންކަމުން މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ޑޮަލަރުގެ އަގު ދަށްވެ، ދިވެހި ރުފިޔާގެ އަގު މައްޗަށް އަރާނެއެވެ. އަދި މަގު ތަނަވަސްވެ ފުޅާވުމުން ޑޮލަރު ލިބުމުގެ ދަތިކަމަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.