އާދަޔާ ޚިލާފު މޮޅު ކުޅުމަކަށްފަހު އާޖެންޓީނާއިން މިސްރު ބަލިކޮށްފި.

މިލައުތުރު | 7 ޖުލައި 2026 | ކުޅިވަރު

ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި މިރޭ އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗު 3 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަންކަމުގައިވާ އާޖެންޓީނާއެވެ.

މުބާރާތުގެ ގަދަ 16 ގައި އާޖެންޓީނާއިން މިސްރާ ދެކޮޅަށް ދެއްކީ ފޯރިގަދަ މޮޅު ކުޅުމެކެވެ. މިސްރުން 2 ލަނޑުޖަހާ ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރާ ފުލުފުލުގައި 3 ލަނޑު ކާމިޔާބުކޮށް މެޗު ކާމިޔާބުކުރީ އާޖެންޓީނާ އެވެ. މި މެޗުގައި އާޖެންޓީނާއިން ޖެހި 3 ލަނޑުގެ ތެރެއިން އެއް ލަނޑުޖަހާފައިވަނީ ކެޕްޓަން މެސީއެވެ.

Advertisement

މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ މެސީއަށް ނާކާމިޔާބުވުމުން އޭގެ ބަދަލުގައި މެސީ ވަނީ އީރާންގެ ފައްތާހު މިސައިލެއްފަދަ ބާރުމިނުގައި ފޮނުވާލި ބޯޅައެއް މިސްރުގެ ގޯލުގެ ތެރެއަށް ވައްދާލައިގެން އާޖެންޓީނާއަށް ވަރަށް ރީތި ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އަދި މެސީގެ މޮޅުކަން ވަނީ މުޅި ދުނިޔެއަށް ދައްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.