ފައިނަލް މެޗުން ބަލިވުމުން އާޖެންޓީނާގެ ކުޅުންތެރިން މާރާމާރީ ހިންގައިފި.

މިލައުތުރު | 20 ޖުލައި 2026 | ކުޅިވަރު

ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރި މެޗް 1 – 0 ގެ ނަތީޖާއަކުން ނިމުމާއެކު އާޖެންޓީނާގެ ކުޅުންތެރިންގެ ރުޅިގަނޑު ފަޅައިގެން ގޮސް މާރާމާރީ ހިންގައިފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ކުޅުނު ފައިނަލް މެޗުގެ 90 މިނެޓުގެ ކުޅުން ނިންމާލީ ސްޕެއިންގެ ގޯލަށް އެންމެ ޙަމަލާއެއް ވެސް ނުދެވިއެވެ. އެހެން ނަަމަވެސް ސްޕެއިނުން ވަނީ 15 ޙަމަލާއެއް އާޖެންޓީނާގެ ގޯލަށް ފޮނުވާލާފައެވެ.

Advertisement

ސްޕެއިންގެ ޓީމުން ޖެހި ގޯލެއް ވެސް އެ ކުޅުންތެރިޔާގެ އުޅަބޯށި އޮފްސައިޑް ވެގެން ވަނީ ބާތިލުކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަހަމަ ހާފުގައި އަނެއްކާ ވެސް ގޯލެއް ޖަހައި ސްޕެއިން ވަނީ އާޖެންޓީނާގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި އާޖެންޓީއިން ދެ ހަމަލާއެއް ސްޕެއިންގެ ގޯލަށް ފޮނުވާލިއެވެ. އެހެން ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ސްޕެއިނުން ވަނީ ޖުމްލަ 20 ހަމަލާ އުފައްދާފައެވެ.

މެޗު ނިމުމާއެކު އާޖެންޓީނާގެ ބައެއް ކުޅުންތެރިން ވަނީ މާރާމާރީ ހިންގާފައެވެ. ސްޕެއިންގެ ކުޅުންތެރިޔެއްގެ ކަރުގައި ހިފުމާއި، ގަވީ ހޫރާފަޖެހުން ފަދަ ޢަމަލުތައް ހިންގާފައި ވެއެވެ. މުޅި ސޯޝަލް މީޑިޔާގައި އޮތީ މެސީ އާއި އާޖެންޓީނާއަށް މަލާމާތާއި ފުރައްސާރައެވެ. ބަލިމީވާ ވެސް ބަލި ޤަބޫލުނުކޮށް އައްޗިކޮށް އުޅުމުންނެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ ޔޫރަޕްގެ ވެސް ޗެމްޕިއަންކަމުގައިވާ ސްޕެއިން އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.