އާޖެންޓީނާގެ ސަޕޯޓަރުން އަދިވެސް ވޯލްޑް ކަޕްގެ އުންމީދު މުޅިން ދޫކޮށެއް ނުލާ.

މިލައުތުރު | 24 ޖުލައި 2026 | ކުޅިވަރު

އާޖެންޓީނާ އާއި މެސީގެ ސަޕޯޓަރުން އަދިވެސް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުންމީދު ދޫކޮށެއް ނުލައެވެ. ވޯލްޑް ކަޕްގެ ފައިނަލް މެޗު އަލުން ކުޅުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވުމުން ވެސް ސަޕޯޓަރުންނަށް އަދިވެސް އެކަން ޤަބޫލެއް ނުކުރެވެއެވެ. އެ މެޗުގައި ސްޕެއިނުން 20 ހަމަލާ އާޖެންޓީނާގެ ގޯލަށް ފޮނުވާލާފައި ވެއެވެ. އެހެން ނަމަވެސް އާޖެންޓީނާއަށް އުފެއްދުނީ އެންމެ 2 ހަމަލާއެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅެނިމުނީ 1 – 0 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވެގެންނެވެ.

Advertisement

އާޖެންޓީނާގެ ސަޕޯޓަރުން މިވަނީ ފައިނަލް މެޗު އަލުން ކުޅެދިނުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. އަދި މިހާތަނަށް އެ ޕެޓިޝަނުގައި 82,000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މިދިޔަ އާދީއްތަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ދަނޑުގައި ކުޅުނު ފައިނަލް ސްޕެއިނުން ކާމިޔާބުކުރީ އިތުރު ވަގުތުގައި ފެރާން ޓޮރޭސް ޖެހި ގޯލުންނެވެ.

އަލުން ކުޅެންޖެހޭ ސަބަބެއް އެއްވެސް މީހަކަށް ބުނެއެއް ނުދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.