މިލައުތުރު

ށ. ފުނަދޫ އަންހެނުންގެ ކޯޑި ކުޅުމަކީ ޘަޤާފީ ގޮތުން ތަފާތު ބަލައިލަން ހިތްގައިމު ކުޅިވަރެއް!

ބޮޑު ޢީދު ކުޅިވަރުތަކުގެ ތެރެއިން ށ. ފުނަދޫ އަންހެނުންގެ ކޯޑި ކުޅުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އަންހެނުންގެ ކޯޑި ކުޅުމާއި ފިރިހެނުންގެ ކޯޑި ކުޅުން ތަފާތު ދެ ދުވަހެއްގައި އޮތް އިރު، އަންހެނުންގެ ފަރި ޙަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ޢީދު ކުޅިވަރުގެ ފޯރި އާއި ޖޯޝް ފެތުރިފައި ވާއިރު، އެއް ރަށާ އަނެއް ރަށް އަޅާކިޔުމުގެ ރޫޙެއް ވެސް ވަނީ ފެށިފައެވެ. އަދި އެކި މީހުން އެކި ރަށް ރަށަށް ވަނަތައް ދެމުން އެކި މީހުން އެންމެ ދާހިތްވާ ރަށްތައް ވެސް ގެންދަނީ ކަނޑައަޅަމުންނެވެ.

ޢީދު ކުޅިވަރުތަކުގެ ތެރެއިން ށ. ފުނަދޫގެ އަންހެން ކޯޑި ނެރުން ވެފައި ވަނީ ވަރަށް ތަފާތު ވަރަށް ރީތި ކުޅިވަރަކަށެވެ. އަދި ފުނަދޫގެ އަންހެން ކުދިންގެ ފަރިކަމާއި ސާދާކަމާ ހުނަރުވެރިކަން ވަރަށް ވެސް ފުރިހަމަ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރާއްޖޭގެ ފިރިހެނުންގެ ގިނަ ބައެއްގެ ހިތް ބ. ކަމަދޫއަށް ދެވިއްޖެ ކަމަށް ބުނާއިރު، ށ. ފުނަދޫއަށް ވެސް ގިނަ ބައެއްގެ ހިތް ދޫވެއްޖެ ކަމަށް ބުނަން ފަށައިފިއެވެ. މަޢުލޫމާތު ލިބޭގޮތުގައި ފުނަދޫގައި ކޮންމެ އަހަރެއްގެ ބޮޑު ޢީދުގައި ވެސް ކުޅިވަރު ޙަރަކާތްތަކުގެ ފޯރިގަދައެވެ.

© 2023 milauthuru. All rights reserved.