މިލައުތުރު 2025: އެންމެން ހައިރާން ކޮށްލުމަށް ފަހު މަރޮށި ސެމީ ފައިނަލަށް

މިލައުތުރު | 16 އޮކްޓޯބަރ 2025 | ކުޅިވަރު
1

މިލައުތުރު ފުޓްސަލް މުބާރާތުގައި މިރޭ ފުނަދޫ އާއި ދެކޮޅަށް ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި އެންމެން ހައިރާން ކޮށްލުމަށް ފަހު މަރޮށިން ސެމީ ފައިނަލަށް ދެމިގެންފިއެވެ.

އަތޮޅުގެ ބޮޑު ބާރެއްކަމުގައިވާ ފުނަދޫ އާއި ދެކޮޅަށް ވާދަވެރި ކުޅުމެއް ކުޅެ ބައިކޮޅަށް ގޯލެއް ވަނަނުދީ އެމީހުން ފުނަދޫގެ ހަލުވި ކުޅުންތެރިން ހަންމަތަކުރިއެވެ. އަދި ގޯލެއް ކާމިޔާބު ނުވެ މެޗު ދާން ފެށުމުން ފުނަދޫ ޓީމު ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެން ދިޔައެވެ.

Advertisement

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވާތީ، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ޕެނަލްޓީ ޖެހީ ފުނަދޫ ޓީމުގެ ޖޯޒީ ނަންބަރު 4 އަބްދުﷲ ޒަމީނެވެ. ވަރަށް ބާރަށް ފޮނުވާލި ޕެނަލްޓީ ގޯލުގެތެރެއަށް ވައްދާލިއެވެ. މަރޮށި ޓީމުގެ ފުރަތަމަ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.

މަރޮށި ޓީމުން ހިތްވަރާއެކު ކުރި މަސައްކަތުން ޕެނަލްޓީ ޝޫޓް އައުޓުން 5 – 4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ މަރޮށިންނެވެ. އެއާ އެކު ސެމީ ފައިނަލުން ޖާގަ ކަށަވަރުވީ އެވެ. އަދި ފުނަދޫ އަށް މުބާރާތް ނިމުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ބ ބެއްޔާ
ވަރަށް މޮޅު ކުޅުމެއް ދެ ޓީމުން ވެސް ދެއްކި. މަރޮށިީ ޓީމަށް އައްސަރިބަހާއި ސާބަސް. އަބަދުވެސް މަރޮށިީ ޓީމާއެކު ވަން. ގުޑް ލަކް.