އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި ށ. އަތޮޅަށް އިތުރު ތިން ފަރާތަކުން ވާދަކުރަނީ…

މިލައުތުރު | 12 އޮކްޓޯބަރ 2026 | ސިޔާސީ

އެމްޑީޕީގެ ޤައުމީ މަޖިލިސްގައި ށ. އަތޮޅު ތަމްސީލުކުރުމަށްޓަކައި 4 މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ އިރު، ކުރިއަށް އޮތް ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެކަން އިތުރު ތިން ފަރާތަކުން އިޢުލާން ކޮށްފިއެވެ.

އެ ޕާޓީގެ ޤައުމީ މަޖިލިސްގެ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާން ކުރި އިތުރު ތިން ފަރާތަކީ ފޭދޫ ވަސީމް (ވޮލެޓޭ) އާއި ފުނަދޫ އަޙްމަދު ޒުމްރަތު އާއި ފޯކައިދޫ މަރިޔަމް ސުނައިނާ އެވެ. މީގެ ތެރެއިން ސުނައިނާ ވާދަކުރަނީ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށެވެ.

Advertisement

މި އިންތިޚާބުގައި ވާދަކުރާނެކަން ކުރިން އިޢުލާން ކޮށްފައިވަނީ، ފޯކައިދޫ ކައުންސިލްގެ މިހާރުގެ ރައީސް އަޙްމަދު އަންވަރު އާއި، މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މެންބަރު ޢަލީ ރިޒާ އާއި، ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) އެވެ. އެހެންކަމުން ށ. އަތޮޅުގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު 6 އަށް އަރާ ވާދަވެރިކަން މިވަނީ އިތުރު ވެފައެވެ.

އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް އިޢުލާން ކޮށްފައިވަނީ 10 އޮކްޓޯބަރު 2026 ގައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަނޑި އަކީ 25 އޮކްޓޯބަރު 2026 ގެ 14:00 އެވެ. އިންތިޚާބުގެ ވޯޓުލުން އޮންނާނީ 27 ނޮވެމްބަރު 2026 ގައި ކަމުގައި ވެސް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.