އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް އޮބާމާގެ ހިތުގައި އޮތް ލޯބި އޭނާގެ އުފަންދުވަހު ބަންޑުންކޮށްލައިފިއެވެ.
ކަމަލާ ޑޭވީ ހެރިސްގެ އުފަންދުވަހަކީ 20 އޮކްޓޯބަރެވެ. މިހާރު އޭނާގެ އުމުރުފުޅަކީ 60 އަހަރެވެ. އުފަންދުވަހުގެ ތަހުނިޔާ ކިއުމަށްޓަކައި ރައީސް އޮބާމާ ޙިއްސާކުރެއްވި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި ތަފާތު އެކި ގޮތްގޮތަށް މާނަކޮށް މީހުން ޝުޢޫރު ފާޅުކޮށްފައި ވެއެވެ. ބައެއް މީހުން ދެކޭގޮތުގައި އެއީ އޮބާމާގެ ހިތުގައި އޮތް އިޙްރިމާ ލޯތްބެއްގެ އަސްލެވެ. އަދި އަނެއް ބަޔަކު ދެކޭގޮތުގައި އެއީ ކޮންމެވެސް އެހެން ކަހަލަ ގުޅުމެއްގެ ނިޝާނެކެވެ.
މިދުވަސްވަރަކީ ސިޔާސީ ކެމްޕެއިންގެ ދުވަސްވަރަށް ވީތީ، އިދިކޮޅު ފަރާތްތަކުން އެ ފޮޓޯ ބޭނުންކުރަނީ އެންޓި-ކެމްޕެއިންކޮށް އެ ދެމީހުންގެ ގުޅުމާ މެދު ސުވާލު އުފެއްދުމަށެވެ. އެހެން ނަމަވެސް އޮބާމާ އާއި މިޝޭލްގެ ވާހަކަ އަކީ މުޅި ދުނިޔެއަށް ވެސް އޮތް ފުރިހަމަ ޒަވާޖީ ޙަޔާތެއްގެ މިސާލުކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
އޮބާމާ އާއި ކަމަލާގެ ފޮޓޯ ވައިރަލް ވެގެންދިޔައީ ދެމީހުންގެ ގާތް ގުޅުން ފެންނާތީ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ބޮލާ ބޯ ޖައްސާ އަރިކަށިން ބައްދާލުމަކީ އެމީހުންގެ ޘަޤާފަތުގައި ޤަބޫލުކުރާ އަދި އިޙްތިރާމު ދައްކައިދޭ ގޮތެކެވެ.