މިނިސްޓްރީތައް އެނދީ ފަސޭހައިން އަލިފާން ރޯވާގޮތަށް ހުރުމުން – ޕޮލިސް

މިލައުތުރު | 27 ސެޕްޓެމްބަރ 2026 | ރިޕޯޓު

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ގޮތުގައި، މިނިސްޓްރީތައް އެނދީ ފަސޭހައިން އަލިފާން ރޯވާގޮތަށް ހުރުމުންނެވެ.

ސުޕްރިޓެންޑެންޓް އަބްދުﷲ ރަޝީދު ވިދާޅުވީ އެންމެ ފުރަތަމަ އަލިފާން ރޯވި ހައުސިން މިނިސްޓްރީގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓުގެ މައްސަލައެއް  ހާދިސާގެ ކުރިން ވެސް އުޅޭކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

Advertisement

އިތުރަށް ހާމަކުރެއްވި ގޮތުގައި ހައުސިން މިނިސްޓްރީގެ އިމާރާތް ހުރީ ފަސޭހައިން ހުޅު ހިފާ ގޮތަށެވެ. އަދި ތަން ހުރި ގޮތުން ރޯވެފައި ހުރި ތަން ލޮކޭޓް ކުރަން އުނދަގޫތައް ވި ކަމަށާއި ހުޅުފަޅައިގެން ދިޔައީ އެ މަސައްކަތުގައި އުޅެނިކޮށް ކަމަށެވެ.

ފޮރެންސިކް ތަހުލީލު ހެދިއިރު ނަރުތަކުގެ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ނަރުތައް ހޫނުވެގެން އުފެދޭ އާގު އެ ނަރުތަކުގައި ހުރުމާއި، އޯވަ ހީޓުވުމުގެ ސަބަބުން އެއް ނަރު އަނެއް ނަރާ އެއްވެފައި ހުރުމާއި، ކަރަންޓު ނަރުތައް ހީޓުވުމުގެ ސަބަބުން ބައެއް ނަރުތައް ވިރި އަދި ވިރިފައިވާ ހިސާބު ފުފި އަދި އެ ތަނުގައި ބަލްބު އުފެދިފައިވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.