ޔޫރޯ ކަޕް 2024 ގެ މެޗްތައް ވަގުތުން ބަލައިލެވޭ މޮބައިލް އެޕްލިކޭޝަން “ޕީއެސްއެމް އެއާރ” އިފްތިތާާޙް ކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާޙް ކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރުއެވެ.
މިދުުވަސްވަރަކީ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅެމުން ގެންދާ ދުވަސްވަރަކަށް ވާތީ، ޓީވީން މެޗްތައް ބަލައިލުމުގެ އިންތިޒާމް ކުރެވިފައި ނުވާ މީހުންނާއި، ޑިއުޓީކުރާ މީހުންނާއި، ދަތުރުމަތީ އުޅޭ މީހުންނަށް ވެސް މޮބައިލް ފޯނުން މެޗްތައް ބަލައިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިއެޕަކީ މުޅިން ހިލޭ ޑައުންލޯޑް ކުރެވޭ އަދި އެއްވެސް ފީއެއް ދައްކަން ނުޖެހޭ އެޕްލިކޭޝަނެކެވެ. އެހެންކަމުން ކޭބަލް ޓީވީގެ ޝަކުވާތަކަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި ޔޫރޯ މެޗްތައް ނުބެލިގެން އުޅޭކަށް ވެސް ނުޖެހޭނެއެވެ. އެމީހަކު ހުރިތަނަކުން ޔޫރޯގެ މެޗްތައް ފޯނުން ބަލައިލެވޭނެއެވެ.