ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ވައިޓް ރައިޑާސް އަދި ކޭޑީ ޕާކެވެ. މިއަދު ހަވީރު ފޯކައިދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މިމެޗު ވައިޓް ރައިޑާސް ޓީމުން ކާމިޔާބުކޮށްފައިވަނީ 1-3 ލަނޑުންނެވެ. މި މެޗުން ވައިޓް ރައިޑާސް މޮޅުވުމާއިއެކު ފައިނަލުގެ ޖާގަ މިވަނީ ޔަގީންވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވައިޓް ރައިޑާސްގެ ޖާޒީ ނަންބަރ 37 މާލިކުއެވެ.
މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިގެންދިޔައިރު ދެ ޓީމުގެ ގޯލް ކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ފޯކައިދޫގައި ކުރިއަށްދާ މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ބައްދަލުކުރީ އަލަސްކާ ސްޕޯޓްސް އަދި ޑީ.އެމް.ޓީއެވެ. މިއަދު ހަވީރު ފޯކައިދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މިމެޗު ޑީ.އެމް.ޓީ ޓީމުން ކާމިޔާބުކޮށްފައިވަނީ 0-7 ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޑީ.އެމް.ޓީގެ ޖާޒީ ނަންބަރ 7 ޠޯއިފްއެވެ.
މި މެޗަށް އަލަސްކާ ސްޕޯޓްސް ނުކުއިން އިރު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަޅޭ ރަށުގައި ނެތްކަން މެނޭޖާރ ފާހަގަކުރިއެވެ. ޑީ.އެމް.ޓީ މިއަދުގެ މެޗަށް ނުކުއިން އިރު އެ ޓީމުގެ ވެސް އެންމެ މުހިންމު ކުޅުންތެރިޔާ އޮބާ ނެތްކަން ފާހަގަކުރެވުނެވެ. ނަމަވެސް ޑީ.އެމް.ޓީން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ފައިނަލުގެ ޖާގަ ޔަގީންކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ ހަވީރު 16:15 ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މީ އޭ މައިލޯ ފުޓްސަލް ޓޯނަމަންޓް 2024 ގެ ފައިނަލްގައި ބައްދަލުކުރާނީ ވައިޓް ރައިޑާސް އަދި ޑީ.އެމް.ޓީއެވެ. މި މެޗު ވެސް މީ އޭ މައިލޯ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ. މި މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްދާނެއެވެ.