ފޯކައިދޫ ޞިއްޙީމަރުކަޒުން އިންތިޒާމުކުރި ހިތުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަކަށް ބޮޑު ތަރުޙީބެއް!

މިލައުތުރު | 30 ސެޕްޓެމްބަރ 2024 | ޚަބަރު

މިއަހަރުގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ފޯކައިދޫ ޞިއްޙީމަރުކަޒުން އިންތިޒާމުކުރި ޙަރަކާތްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ފޯކައިދޫ ޞިއްޙީމަރުކަޒުން މަޢުލޫމާތު ދިންގޮތުގައި ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހަވީރު ހިނގާލުމެއް ބޭއްވުމުގެ އިތުރުން ރޭގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަޢުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި އިއްޔެގެ ހިނގާލުމުގައި އާންމުންގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވާކަމަށްޓަކައި މަރުކަޒުން ޝުކުރު އަދާކުރެއެވެ.

Advertisement

މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ރަށުގެ ހުރިހާ މުއައްސަސާތަކަށާއި، ކުލަބު ޖަމިއްޔާތަކަށް ދައުވަތު ފޮނުވާފައި ވެއެވެ. ފޯކައިދޫ ސްކޫލު ފިޔަވާ އެހެން ހުރިހާ މުއައްސަސާތަކުން ވެސް ބައިވެރިވެފައި ވާކަމަށާއި، ސްކޫލްގެ މުވައްޒަފުންނަށް ބައިވެރިނުވެވުނީ އިތުރު ގަޑީގައި މަސައްކަތްކުރުން އެޑިޔުކޭޝަން މިނިސްޓްރީއިން މަނާކޮށްފައި ވާތީކަމަށް މަޢުލޫމާތު ލިބެއެވެ.

Advertisement

ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި 29 ސެޕްޓެމްބަރު ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.