މިލައުތުރު

މިލައުތުރު ހޭންޑްބޯލަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިލަންދޫ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗް ކާމިޔާބުކުރީ ފޯކައިދޫ ޓީމް!

އަންނަ ނޮވެމްބަރު 2 ގައި ފެށުމަށް ހަމަޖެހިފައިވާ މިލައުތުރު ހޭންޑްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިލަންދޫ ހޭންޑްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ފޯކައިދޫ ހޭންޑްބޯޅަ ޓީމުން ކާމިޔާބު ކޮށްފިއެވެ.

ފޯކައިދޫ ރަސްމީ ސްޓޭޑިއަމް ގައި ރޭގައި ކުޅުނު މި މެޗް ފޯކައިދޫ ޓީމުން ކާމިޔާބުކުރީ 16 – 5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދެ ޓީމުން ވެސް ފެނިގެންދިޔައީ ފޯރިގަދަ ކުޅުމެކެވެ. އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. މިއީ ފޯކައިދޫ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދަނެއެވެ.

މިއީ ށ. އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ހޭންޑްބޯޅަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗް އޮންނާނީ 2 ނޮވެމްބަރ 2024 ގައެވެ.

މިއީ ށ. އަތޮޅު ކައުންސިލުން އިންތިޒާމުކުރާ އަތޮޅު މުބާރާތެކެވެ.

© 2023 milauthuru. All rights reserved.