ފިލްމީ ތަރި އާމިރާ އިސްމާޢީލް އޭނާގެ ރ. މަޑުއްވަރީ ލޯބިވެރިޔާ މުހައްމަދު ނަހްޔާން އާއި ކާވެނިކޮށްފިއެވެ. ނަހުޔާނަކީ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ށ. ފޯކައިދޫއަށް އުފަން ޒުވާނެއް ކަމަށާއި، މިދިޔަ ހޯމަ ދުވަހު ކައިވެނިކޮށްފައިވަނީ އޭގެ ފަހުން ލޯބިވީ މީހަކާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އާމިރާ އާއި ނަހްޔާން ކައިވެނި ކޮށްފައިވަނީ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ލޯބީގެ ގޮތުން ގުޅުނުތާ ތިން މަސްވީތަނާއެވެ. ނަމަވެސް މިހާރު އެދެމީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ.
ށ. ފޯކައިދޫ މީހަކާ ރައްޓެހިވި ވާހަކައަކީ އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ވާހަކައެއްކަން އާމިރާ ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ. އާމިރާ ބުނިގޮތުގައި ”ދުވަހަކު ވެސް ފޯކައިދޫ މީހަކާ އެފަދަ ނަޒަރަކުން ވެސް ދެކެފައިނުވާނެ“ ކަމަށެވެ.
އާމިރާއަކީ ދިވެހީންގެ މެދުގައި މަޤުބޫލު ތަރިއެކެވެ. އެންމެ ފުރަތަމަ އާމިރާ ފެނިގެންގޮސްފައިވަނީ ތަފާތު އެކި ލަވަތަކުންނެވެ. އޭގެ ފަހުން ދިވެހީންގެ މަގުބޫލުކަން ހޯދާފައިވަނީ 2003 ވަނަ އަހަރުގެ ފިލްމު ”ދޮންކަމަނަ“ އާއި ޓީވީ ޑްރާމާ ”ވައިސޫރި“ އިންނެވެ. ވައިސޫރި އަކީ އެ ދުވަސްވަރު އެޅުވި ވަރަށް މަޤުބޫލު ޝޯއަކަށްވުމާއެކު މުޅި ރާއްޖެއަށް އާމިރާގެ ނަން މަޝްހޫރުވެގެން ދިޔައެވެ.
10 Replies to “ފިލްމީތަރި އާމިރާ ކާވެނިކޮށްފި، ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި…”
ގުލްދަސްތާ
ހިތުން ވަރަށް މޮޅުތަކެއްވާނެ . ކީއްވެ ހަބަރުގަ ޖަހާނުލީ ނަހްޔާން އިނދެގެން އުޅެނީ ދެ އަތްބަށޭ. ދެއަތްބަތް އިދެގެން އެދިޔައީ. ދޮށީ އަނބިމީހާއަށް އޮވޭ ކުޑަ ދެކުދިން. ހަގުކުއްޖާގެ އުމުރުން އެންމެ 2 މަސް. އަނބިމީހާއާ ދެ ކުދިންނަށް ހިތްދަތިކަން ދީފަ ގޮސް މިއިނީ އެންމެ ޕާފެކްޓް މީހާއާ. ތިވަރަކަށަ މީހަކަށް ހިތްދަތިކަމެއް ދެވޭނީ. މީހުންގެ ދިރިއުޅުން ހަލާކު ކުރަމުން މިދަނީ މިކަހަލަ އަންހެނުން.
ތުއްތު
ހަމަ ރަނގަޅު
Amira
Mashaa rahtehi vegen ulhefa kihineh thithedhi
ލޯބި
ލޯބި ބަދަލުވާލެއް އަވަސްކަމާއެވެ.
Anonymous
Husdhogu thibuna varuge Star eh nei mithaaku😉
ޕަރީ
މައުލޫމާތު މަދު
ވާނުވާ
ހާދަ އަވަހޭ ލޯބި ވެވޭލެއް ވެސް 🫢
ހައްގު ތެދު.
ތިޔަ އާމިރާ ޔަކީ ވަރަށް ބޮޑަށް ދޮގު ހަދާ އަންހެނެއް. މަގޭ ރައްޓެއްސަކާ ރައްޓެހިވެގެން އުޅެމުން އެހެން ދެމީހުންނާ ރައްޓެހި ވެގެން އުޅުނީ. އޭރު އުޅުނީ ތެމާސިޔާމް ކިޔާ މީހަކާ ރައްޓެހިވެގެން އުޅެފަ މައްސަލަ ޖެހިގެން. ބަލަން ހުންނާތި ތިޔައިން މީހާއަށް ލަނޑު ދީފަ ބަޗާނެ.
Mary
Meehaku kaivehyeh kuraairah haadhahaa foariekey thivanee. Alahtha meehaku meehaku aae inee. Meehun ulhey goai nubalaa Thimaa meehun rangalhu ah ulheybala. Amira akee ahulaag rangalhu meeeheh. Meehaku dhe anbah inas thin anbinaa inas ei meehakaa behey kameh tha? Ei emeehunge persinal life.
Nahyaan
Nahyaan ma kaari innaanamey kiyaa dhogu hadhaafa gos thi innee kaakaa…
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި