ފިލްމީ ތަރި އާމިރާ އިސްމާޢީލް އޭނާގެ ރ. މަޑުއްވަރީ ލޯބިވެރިޔާ މުހައްމަދު ނަހްޔާން އާއި ކާވެނިކޮށްފިއެވެ. ނަހުޔާނަކީ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ށ. ފޯކައިދޫއަށް އުފަން ޒުވާނެއް ކަމަށާއި، މިދިޔަ ހޯމަ ދުވަހު ކައިވެނިކޮށްފައިވަނީ އޭގެ ފަހުން ލޯބިވީ މީހަކާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އާމިރާ އާއި ނަހްޔާން ކައިވެނި ކޮށްފައިވަނީ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ލޯބީގެ ގޮތުން ގުޅުނުތާ ތިން މަސްވީތަނާއެވެ. ނަމަވެސް މިހާރު އެދެމީހުން ވެސް ތިބީ ވަރަށް އުފަލުންނެވެ.
ށ. ފޯކައިދޫ މީހަކާ ރައްޓެހިވި ވާހަކައަކީ އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ވާހަކައެއްކަން އާމިރާ ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފައެވެ. އާމިރާ ބުނިގޮތުގައި “ދުވަހަކު ވެސް ފޯކައިދޫ މީހަކާ އެފަދަ ނަޒަރަކުން ވެސް ދެކެފައިނުވާނެ” ކަމަށެވެ.
އާމިރާއަކީ ދިވެހީންގެ މެދުގައި މަޤުބޫލު ތަރިއެކެވެ. އެންމެ ފުރަތަމަ އާމިރާ ފެނިގެންގޮސްފައިވަނީ ތަފާތު އެކި ލަވަތަކުންނެވެ. އޭގެ ފަހުން ދިވެހީންގެ މަގުބޫލުކަން ހޯދާފައިވަނީ 2003 ވަނަ އަހަރުގެ ފިލްމު “ދޮންކަމަނަ” އާއި ޓީވީ ޑްރާމާ “ވައިސޫރި” އިންނެވެ. ވައިސޫރި އަކީ އެ ދުވަސްވަރު އެޅުވި ވަރަށް މަޤުބޫލު ޝޯއަކަށްވުމާއެކު މުޅި ރާއްޖެއަށް އާމިރާގެ ނަން މަޝްހޫރުވެގެން ދިޔައެވެ.
ކިޔުންތެރިންގެ ހިޔާލު