މިލައުތުރު

ބުޅާމަސް ބާގާއެއް ނުވަތަ ސަބްމެރީނެއް ކެވުނީ ކޮން ބަޔަކަށްތޯ؟

ބިދޭސީއަކު އިންވެ ހުރެ ވަރަށް ހަޑި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ތަނެއް އާންމުންގެ ބަޔަކު ވަދެ ފަޅާއަރުވާލި އިރު، އެތަނުގައި ބުޅާމަސް ބޭނުންކުރާ ކަމަށް ވަނީ ޝައްކު ކުރެވިފައެވެ. ސޯޝަލް މީޑިޔާގައި ވީޑިއޯ އާންކުރުމާއެކު އިމިގްރޭޝަނުން ވަރަށް އަވަހަށް އެތަން ބަލާ ފާސްކޮށް އެކަމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާ ހޯދާފައެވެ.

ބުޅާމަސް ބޭނުންކޮށްގެން ބާގާ އާއި ސަބްމެރިން އާއި އެހެނިހެން ބާވަތްތައް ތައްޔާރުކޮށް އެތަކެތި ވިއްކިކަމުގެ ތުހުމަތުކުރެވޭ މީހާ ވަނީ ފުލުހުން މިހާރު ހައްޔަރުކޮށްފައެވެ. އަދި އެކަމާ ގުޅޭ ތަޙްޤީޤުތައް ވަނީ ފަށާފައެވެ.

މައްސަލަ ތިލަވުމާއެކު އާންމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ސްކޫލްތަކަށް އިންޓަވަލް ގަންނަ ތަންތަނަށް ވެސް ވަނީ އޭގެ ބާވަތްތައް ފޯރާފައެވެ. އެހެންކަމުން ދަރިންނަށް ބުޅާމަސް ކާންދެވިފައި އޮވެދާނެތީ އާންމުން ތިބީ ހާސްވެ ކަންބޮޑުވެފައެވެ.

ބުޅާމަހުގައި ކާނާ ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އެމަސައްކަތް ކުރި ގޭގައި ދިރިއުޅޭ މީހަކު ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ އެކަމަށް ޝައްކުކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެނީ ވަރަށް ގިނައިން ބުޅާ ގެންގުޅޭތަނެއްގެ ގޮތުގައި ފާހަގަކުރެވިފައި ވާކަމަށާއި، ބުޅާތައް ރޯއަޑު ވަރަށް ގިނައިން އިވޭކަމަށެވެ. އަދި އެކި ފަހަރު ފެންނަނީ އެކި ބުޅާކަމަށާއި، ވަރަށް ކުޑަ ކޮޓަރިއެއްގައި އެހުރިހާ ކަމެއް ކުރި މީހަކީ ގަވައިދާ ޚިލާފަށް އުޅޭ މީހެއް ކަމަށެވެ. އަދި ބޯ ބުރިކޮށްލާފައި އޮތް ބުޅަލެއް ވެސް އެގޭ އެހެން މީހަކަށް ފެނިފައި ވާކަމަށެވެ.

އާންމުންގެ ބައެއް މީހުން ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވާގޮތުގައި އެމީހުން މުޅިން ނަފުސާނީ ވެސް ވެއްޖެކަމަށާއި، ކިރިޔާކަމެއް ވެލިޔަސް ބުޅާމަސް ކެވުނީހެން ހީވާކަމަށެވެ.

One Reply to “ބުޅާމަސް ބާގާއެއް ނުވަތަ ސަބްމެރީނެއް ކެވުނީ ކޮން ބަޔަކަށްތޯ؟”

  1. އަޙުމަދު

    ދިވެހީން ފޭހުނު އިލޮށިގަނޑު ހުދު ދިވެހީންގެ ލޮލަށް ހެރުނީމަ ބުނާނީ ކީކޭތޯއެވެ !

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.