މިލައުތުރުގެ ނޫސްވެރިން އިންވެސްޓިގޭޓްކުރި ވީއައިޕީ މަސާޖު އިޝްތިހާރުކުރި ފަރާތްތައް ހަށިވިއްކުމުގެ ތުހުމަތުގައި ޑީޕޯޓްކޮށްލައިފި.

މިލައުތުރު | 27 އޮގަސްޓު 2024 | ޚަބަރު

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަ ހަރުބީ ކަސްބީންތަކެއް އިމިގްރޭޝަނުން އަތުލައިގަނެ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓުކޮށްލައިފިއެވެ.

އިމިގްރޭޝަން އޮފީހުން ހާމަކުރި ގޮތުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއްގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއެކު، އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގީ ކަމަށާއި، އެކަމުގައި ޝާމިލުވި ބިދޭސީ ތިން އަންހެކާއި އެމީހުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ތަޙްޤީޤު ކުރުމަށް ފަހު ރާއްޖެ ނާދެވޭ ގޮތަށް މިހާރު ވަނީ ޑީޕޯޓްކޮށްލާފައި ވާކަމަށެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.