މަޝްހޫރު ލަވަކިއުންތެރިޔާ ޕަލަކް މުޝާލަކީ އިންސާނިއްޔަތުކަމުގެ ނަމޫނާ މިސާލެއް.

އުސްތާޛް ޒަކީ | 16 މާރިޗު 2025 | ރިޕޯޓު

އުމުރުން އެންމެ 32 އަހަރުގެ ޒުވާން އަންހެން ލަވަކިއުންތެރިޔާ ޕަލަކް މުޝާލަކީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް މާލީގޮތުން ދީލަތި އެހީ ފޯރުކޮށްދިނުމުގައި މިޖީލުގެ ފުރިހަމަ ނަމޫނާއެކެވެ.

މަޑުމައިތިރި ލަދުރަކި މިޒާޖެއްގެ ޒުވާން ޕަލަކް މިހާތަނަށް 3000 އަށް ވުރެ ގިނަ ކުޑަކުދިންގެ ހިތުގެ އޮޕަރޭޝަނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިއީ ސްޕަރ ސްޓަރ ސަލްމާން ޚާން މެންފަދަ ތަރިންނަށް ވެސް ކުރެވިފައިވާ މިންވަރެއް ނޫނެވެ. އެހެންކަމުން ޕަލަކް ވެފައިވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޗެމްޕިއަންއަކަށެވެ.

Advertisement

ހިތުގެ ބަލިތަކާ ގުޅިގެން ބޮޑެތި އޮޕަރޭޝަންތައް ކުރަންޖެހިފައިވާ ޚަރަދުކުރުމުގެ ތަނަވަސްކަން ނެތް އާއިލާތަކަށް ޕަލަކް ގެންދަނީ އެހީތެރިވަމުންނެވެ. އޭނާއަށް ލިބޭ އާމްދަނީގެ އެއްބައި ހޭދަކުރަނީ އެފަދަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ރީތި އަޑެއް ލިބިފައިވާ މޮޅު ލަވަކިއުންތެރިޔާ އަށް މީހުންގެ ލޯތްބާ އިޙުތިރާމް އޮހެމުން ދަނީ ލަވަތަކުގެ ރީތިކަމުގެ އިތުރުން އޭނާގެ ހިތުގެ ވެސް ރީތިކަމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެންމެ ޚާއްސަ ކަމަކީ ޕަލަކްގެ އެހީގައި ހިތުގެ އޮޕަރޭޝަނެއް ކުރާ ކޮންމެ ކުއްޖެއްގެ ގާތަށް ސީދާ ހޮސްޕިޓަލަށް އޭނާ ޒިޔާރަތްކުރަމުން ގެންދާކަމެވެ.

Advertisement

ޕަލަކް މުޝާލްގެ އިންސާނީ އެހީތެރިކަމާ އިޖުތިމާޢީ ހަމަޖެހުމަށް ކުރަމުން ގެންދާ ޚިދުމަތް ފާހަގަކޮށް އެމެރިކަން ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓޯރަލް ޑިގްރީއެއް އަރުވާފައި ވެއެވެ. ޑރ. ޕަލަކްގެ މަސައްކަތަކީ މުޅި ދުނިޔެއަށް ވެސް އެފަދަ ދެވަނައެއް ނެތް ފުރިހަމަ މިސާލެކެވެ. ތަނަވަސްކަމުގެ އަހުލުވެރިން ވާންޖެހޭނީ ދީލަތި ބަޔަކަށެވެ. އެހެން ނަމަވެސް ހިތާމައަކީ ގިނަ މީހުންނީ އެފަދަ ބަޔަކަށް ނުވާކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.