ކިޔަވާ ކުދިންގެ އަތުން ފައިސާ ނަގައިގެން ސްކޭމް ކުރާ ޒީޑް އިންޓަރނޭޝަނަލްގެ މައްސަލަ ފުލުހަށް

މިލައުތުރު | 9 ސެޕްޓެމްބަރ 2025 | އެހެނިހެން

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ އަތުން ފައިސާ ނަގައިގެން ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ސްކޭމް ހިންގާ ޒީޑް އިންޓަރ ނޭޝަނަލް ގެ ބޮޑެތި މައްސަލަ ތަކެއް ފެންމަތިވެ، ދަރިވަރުންނާއި އާއިލާތަކުން ޕޮލިހަށް މައްސަލަ ހުށަހަޅައިފިއެވެ. މެޑިސިން ކިޔަވާ ދަރިވަރުންނާއި އެދާއިރާއިން ސްޕްޝަލައިޒްވާ ދަރިވަރުންނަށް މެލޭޝިޔާ އާއި ފިލިޕީންސުގެ ކޮލެޖްތަކާއި ހޮސްޕިޓާތަކުން ފުރުޞަތު ހޯދައިދޭނެ ކަމަށް ބުނެ، ދަރިވަރުންގެ އަތުން ބޮޑެތި ޢަދަދުން ފައިސާ ނަގައިގެން، ދަރިވަރުންނާ ގިނަ މައްސަލަތަކެއްވަނީ  ދިމާވެފައެވެ. މިގޮތުން ނުކިޔެވި އަނބުރާ ރާއްޖެ އަންނަން ޖެހުމާއި ފައިސާ ހޯދުމަށްފަހު ކޮލެޖް ނުވަތަ ހޮސްޕިޓަލަށް ފައިސާ ނުދެއްކުން ފަދަ ކަންކަން ޒީޑް އިންޓަރނޭޝަނަލް ގެ ފަރާތުން ދިމާވެފައިވާ ކަމަށް މިއަދު ފުލުހަށް މައްސަލަ ހުށަހެޅި ދެ ދަރިވަރެއްގެ ބެލެވެރިޔަކު ވަނީ މި ނޫހަށް މަޢުލޫމާތު ދީފައެވެ. ބެލެނިވެރިޔާ ބުނިފައިވާގޮތުން، މިއަދާ ހަމައަށްވެސް، އޭނަގެ ދަރިފުޅު ޒީޑަށް ދައްކާފައިވާ ފައިސާ އަނބުރާ ލިބިފައި ނުވާކަމަށެވެ. އެފައިސާ ނަގާފައިވަނީ ރާއްޖޭގައި ޒީޑް ތަމްސީލުކުރާ ސްރީލަންކާ ރައްޔިތެއް ކަމަށްވާ މުޙައްމަދު ފައިޒީން ކަމަށްވެސް އެފަރާތުން މައުލޫމުދެއެވެ.  މި ނޫހަށް ކަށަވަރުވެފައިވާ ގޮތުން، މީގެ ދެމަހެއްހާ ދުވަސް ކުރިން އޭނާ ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ ކްލިޕަކުން ފެންނަގޮތުން، މިއަދުގެ ހަވީރުގެ ވަގުތެއްގައި ކްރިކެޓް އެސޯސިއޭޝަންގެ އޮފީސް ތެރެއަށް ދަރިވަރުންގެ ބެލެނިވެރިން ވަދެ، އެތަނުގައި ތިބި ޒީޑަށް ނިސްބަތްވާ ފަރާތްތަކާ ވަނީ ކުރިމަތި ލާފައެވެ. އެތަނުގައި އެވަގުތު ޕޮލިހުން ހަރަކާތްތެރިވާ މަންޒަރުވެސް އެ ވީޑިއޯ ކްލިޕުން ފެނެއެވެ. މި ނޫހުން ކުރި މަސައްކަތުން ހާމަވީ، އިންޑޯގައި ހުންނަ ކުރިކެޓް އެސޯސިއޭޝަންގެ ވަޞީލަތްތައް ބޭނުންކޮށްގެން ޒީޑުން ސްކޭމް ކުރުމަށް ކަސްޓަމަރުން ހޯދުމުގެ މަސައްކަތް ކުރަނީވެސް ކްރިކެޓް އެސޯސިއޭޝަންގެ އެ އިމާރާތުގައެވެ.

Advertisement

އެކޮނަމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުން،ޒީޑް އިންޓަރ ނޭޝަނަލް ގެ މެނޭޖިންގ ޑިރެކްޓަރަކީ ޢަބްދުﷲ ޢިމާދު އިސްމާޢީލު ކިޔާ މީހެކެވެ. އަދި މީގެ އިތުރުން، ކުންފުނީގެ ބޯޑުގައި އާމިނަތު ޝަހީދާ ކިޔާ މީހަކާއި މުހައްމަދު ރާއީ ޢިމާދު ކިޔާ މީހެއް ހުރެއެވެ. 2023 ވަނަ ރަޖިސްޓްރީ ކޮށްފައިވާ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޢިމާދު އިސްމާޢީލު މަސައްކަތްކުރަނީ ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.