ޙަޤީޤަތުގައި މާ ބޮޑު ކަމެއް ހާސިލުނުވެ ސިޔާސީ ވެރިން ކަންކަން ބޮޑުކޮށް ސެލެބްރޭޓް ކުރުމަކީ މިހާރަކަށް އައިސް ރާއްޖެއިން ތަކުރާރުކޮށް ފެންނަ ކަމެކެވެ.
ކުރެވޭ ކަންކަމާއި، ކޮން ނިންމާ ކަންކަމަށް ވުރެ ބޮޑަށް ކުރަން ވިސްނާ ކަންކަމުގެ ވާހަކަތަކާއި، ނަނާހުވަފެންތަކުގެ ވާހަކަތައް މީޑިޔާއަށް ތިލަކުރާލެއް ވަނީ އިތުރުވެފައެވެ. ބޭނުމަކީ ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށް ވުރެ ތިމާއަކީ މާ މޮޅު މީހެއްކަން ދެއްކުން ނޫން ކޮން ކަމެއްތޯއެވެ. ސުވާލަކީ ރައްޔިތުންނަށް އެވަރުވެސް ފާހަގަކުރަން ނޭނގޭނީ ހެއްޔެވެ. ނޫނެކެވެ. ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅުން އަރާފައެއް ނެތެވެ. އެމީހުން ބަސް ބުނަނީ އިންތިޚާބުތަކުގައެވެ. ގޯސްވެއްޖެ ނަމަ ރަތްކާޑު ދައްކާ ނޫންތޯއެވެ.
ބަސް މަދުކޮށް ފައި އަަމަލު ގިނަކުރާށެ ބުނާބަހުގެ މާނައާއި މުޅިން އިދިކޮޅަށް ކަންކަން ހިނގުމަކީ އޭގެ ސަބަބުން ގިނަ ފަހަރަށް ގޯސް ނަތީޖާ ނިކުންނާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު